މަސްވެރިކަމުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
މަސްވެރިކަމުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެގޮތުން، މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ކެޔޮޅުންގެ އެވޯޑު، ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު އަދި އަންހެން މަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މަސްވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އެދުވަހު 4 އެވޯޑެއް ދިނުމަށް ކަނޑައަލައި އެ ވޯޑުތަކަށް ކުރިމަތިލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް، ނިންމާފައިވަނީ މާލޭގައެވެ.
މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ އެވޯޑުތަކުގެތެރެއަށް މިއަހަރު މިވަނީ މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑުވެސް ހިމަނާފައެވެ.
ރިއެކްޝަންސް





