އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލަ ތަހުގީގުކުރަން މަޖިލީހަށް ހުށަހަޅައިފި

އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލަ ތަހުގީގުކުރަން މަޖިލީހަށް ހުށަހަޅައިފި

6 hours ago - 20:38

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ އިބްރާހިމް ރަޝީދު (އަބުޗާ)، ޕެރޯލްގެ ދަށުން މިނިވަންކުރުމުގައި ޕެރޯލް ބޯޑުން އަމަލުކުރި ގޮތް ތަހުގީގުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.


މި މައްސަލަ ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.


މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ވަނީ، ޕެރޯލް ބޯޑުން ޕެރޯލްގެ މުއްދަތު ގުނާފައިވާ ގޮތުގެ ތަފްސީލުތަކާއި، އެ ބޯޑުގެ ޔައުމިއްޔާތަކާއި، މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްސީލުތައް އެއްކޮށް މަޖިލީހުން ދިރާސާކުރުމަށް ހުށަހަޅުއްވާފައެވެ. އަދި އެ ނިންމުމަށް ވާސީލުވި ގޮތް ސާފުކުރުމަށްޓަކައި، އެ ނިންމުން ނިންމެވި ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.


މީގެއިތުރުން، އަބުޗާ ދޫކޮށްލަން އުޅޭކަން އަދި ދޫކޮށްލިކަން ހޯމް މިނިސްޓްރީއަށް އެނގުނު ތާރީހާއި ވަގުތުގެ އިތުރުން، އެ ނިންމުމުގެ ކުރިންނާއި ފަހުން ބޯޑާއި މިނިސްޓްރީއާ ދެމެދު ކުރެވުނު މުއާމަލާތްތައް ސާފުކުރުމަށް މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ. އަދި މި ކަމުގައި އެއްވެސް ނުފޫޒެއް ނުވަތަ މަގާމުގެ ނާޖާއިޒު މަންފާއެއް ބޭނުންކޮށްފައިވޭތޯ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގުމަށް ރަސްމީކޮށް އެދުމަށްވެސް މެންބަރުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.


އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އޭނާ ވަނީ އަލުން ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ޕެރޯލް ބޯޑުގެ 6 މެންބަރަކު މަގާމުން ވަކިކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.


ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހުންނަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެމީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މަދުވެގެން ދެބައިކުޅައެކައި ތަންފީޒުކޮށް ނިމުމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow