ބްރިޖަށް ކަސްރަތަށްދިޔަ އަންހެނަކަށް ބިދޭސީއަކު ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ބްރިޖަށް ކަސްރަތަށްދިޔަ އަންހެނަކަށް ބިދޭސީއަކު ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

6 hours ago - 20:41
Advertisement
Advertisement

ސިނަމާލެ ބްރިޖަށް ފަތިހު ކަސްރަތުކުރަންދާ އަންހެނަކަށް ބިދޭސީ ފިރިހެނަކު ފުރައްސާރަކުރާ ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަން ފަށައިފިއެވެ.


ފުލުހުން ވިދާޅުވީ، އެކި ފަހަރު މަތިން މީހަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މިފަދަ މައްސަލައެއް މިއަދު ހެނދުނު 6:00 ހާއިރު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދިން ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.


މި ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ވަނީ، އޭނާއަށް ފުރައްސާރަކުރި ކަމަށް ތުހުމަތުވާ ބިދޭސީ މީހާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކޮންމެ ދުވަހަކު ކަސްރަތަށް ނުކުމެ އުޅޭ ވަގުތުތަކުގައި ފުރައްސާރަކުރަނީ ކީއްވެތޯ އެ އަންހެން މީހާ ދަނީ އެ މީހާއާ ސުވާލުކުރަމުންނެވެ.


ވީޑިއޯއިން ފެންނަ ގޮތުގައި އެ ފިރިހެން މީހާ "ސޮރީ" އޭ ބުނުމަށްފަހު ފަސްއެނބުރި ހިނގައިގަންނަ އިރުވެސް، އަންހެން މީހާ ދިޔައީ މެދުކެނޑުމެއް ނެތި އޭނާއާ ސުވާލުކުރަމުން ފަހަތުން ހިނގަމުންނެވެ.
މި ހާދިސާއާ ގުޅޭގޮތުން އަންހެން މީހާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ، އެ ބިދޭސީ މީހާ އޭނާއަށް ފުރައްސާރަކުރަމުން އަންނަތާ މިހާރު ތިން މަސް ދުވަސް ވެފައިވާ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement