ހުޅުމާލޭގެ ސޯޝަލް ހައުސިންގެ %50 މީހުން ކުލި ނުދައްކާ: އެޗްޑީސީ
ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުން ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ، އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެބަހުރި ކަމަށެވެ.
ނަމަވެސް އެކި ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކާއި އަމިއްލަ އެކިއެކި ހާލަތްތަކާ ގުޅިގެން ގިނަ ބަޔަކު ކުލި ދެއްކުމުގައި އިހުމާލުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ވަގުތު ނުދައްކާ ހުރި ކުލީގެ ޖުމްލަ އަދަދު އޭނާ ހާމަނުކުރެއްވި ނަމަވެސް، އެޗްޑީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ ގިނަ ދުވަސްވީ ބޮޑު މައްސަލައެކެވެ.
މީގެ އިތުރުން ވޭތުވެދިޔަ އަހަރު ބެލި 8،511 ހައުސިން ޔުނިޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަމުން ދިޔައީ އެންމެ 3،219 ޔުނިޓުން ކަމަށާއި، ބާކީ 5،099 ޔުނިޓަކުން ގަވާއިދުން ކުލި ދައްކާފައި ނުވާކަން އެޗްޑީސީގެ ހިސާބުތަކުން ދައްކައެވެ.
ރިއެކްޝަންސް





