އާސަހަރާ މިސްކިތުގެ ޖާގަ އިތުރުކުރުމާއެކު ޒަމާނީކޮށް,  އަލުން ހުޅުވައިފި
އާސަހަރާ މިސްކިތް ޒަމާނުކޮށްފައި: ފޮޓޯ-މާލެ ސިޓީ ކައުންސިލް

އާސަހަރާ މިސްކިތުގެ ޖާގަ އިތުރުކުރުމާއެކު ޒަމާނީކޮށް, އަލުން ހުޅުވައިފި

14 days ago - 14:21
Advertisement

އާސަހަރާ މިސްކިތުގެ ޖާގަ އިތުރުކޮށް, އަލުން ހުޅުވައިފިއެވެ. ބޮޑު މަރާމާތަކާއެކު ޖާގަ އިތުރުކޮށް, މިއަދު މިސްކިތް އަލުން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

އާސަހަރާ މިސްކިތުގެ ޖާގަ އިތުތުކޮށް, ތަނަވަސްކުރުމުގެ މަސައްކަތް ފެއްޓެވީ ރައީސް ޑރ.މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު އެމަނިކުފާނެވެ. ނަމަވެސް މަސައްކަތް ބާރު ސްޕީޑްގައި ނިންމީ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ މޭސްތިރި ކަމުގެ ދަށުންނެވެ.

މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން އާސަހަރާގެ މިސްކިތާއި، ޖަނާޒާގެ ކަންތައް ކުރުމަށް ހަމަޖެހިފައިވާ އިމާރާތް މިއަދު ހުޅުވީ އަލުން ބޮޑުކޮށް، ޖަނާޒާގެ ކަންތައްވެސް ތަނަވަސް ކަމާއެކީ ކުރެވޭނެ ގޮތައް އިންތިޒާމުތައް ހަމަޖައްސައިގެންނެވެ.

https://x.com/MaleCitymv/status/1842112959067390123

Advertisement

ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މިސްކިތުގެ ތިރީގައާއި މަތީގައިވެސް އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައި ހުންނާނެ ކަމަށެވެ. އަދި ދެބައިވެސް ހުންނާނީ އޭސީކޮށްފައި ކަމަށް ވިދާޅުވިއެވެ. ކަށުނަމާދު ކުރާ ވަގުތުވެސް މީހުންނަށް މަޑުކޮށްލައިގެން ތިބެވޭން ބައެއްވެސް އޭސީއާއެކު ވަނީ އިތުރުކޮށްފައެވެ.

 މާލެ ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން މި ޚިދުމަތް ކުރިއަށް ވުރެ ފުރިހަމައަށް ލިބޭނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement