ބްރޯޑްކާސްޓް ކުރުމުގެ އަމާޒަކަށް ވާންވާނީ ޤައުމުގެ ހައްގުގައި ވަކާލާތު ކުރުން- ރައީސް
ރައީސްގެ ދެކަނބަލުން ރޭޑިއޯ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ-ރައީސް އޮފީސް

ބްރޯޑްކާސްޓް ކުރުމުގެ އަމާޒަކަށް ވާންވާނީ ޤައުމުގެ ހައްގުގައި ވަކާލާތު ކުރުން- ރައީސް

14 days ago - 11:16
Advertisement

ބްރޯޑްކާސްޓް ކުރުމުގެ އަމާޒަކަށް ވާންވާނީ ޤައުމުގެ ހައްގުގައި ވަކާލާތު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބްރޯޑްކާސްޓް ކުރުމަކީ އަމާނާތެއް އަދި މަސްއޫލިއްޔަތެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ ދިވެހިރާއްޖެއާއި ދިވެހި ޤައުމުގެ ހައްޤުގައި ވަކާލާތު ކުރުމެވެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށިތާ 62 އަހަރު ވަނީ ފުރިފައެވެ. ރާއްޖޭގައި ބްރޯޑްކާސްޓިންގެ ޚިދުމަތް ފެށީ 1962 ވަނަ އަހަރު ރޭޑިޔޯ އިންނެވެ. ޓެލެވިޜަންގެ ޚިދުމަތް ފެށީ 1978 ވަނަ އަހަރުއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement