އުލިގަމުގައި ސީމަންސް ރެސްޓް އޭރިޔާއެއް ހުޅުވައިފި
ފަޅުވެރިން އުލިގަމަށް ފޭބުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައި: ފޮޓޯ-އެމްޕީއެލް

އުލިގަމުގައި ސީމަންސް ރެސްޓް އޭރިޔާއެއް ހުޅުވައިފި

14 days ago - 08:31
Advertisement

އުލިގަމުގައި ސީމަންސް ރެސްޓް އޭރިޔާއެއް ހުޅުވައިފިއެވެ.

މިއީ އުލިގަމުގައި އެމް.ޕީ.އެލް އިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލުމުގެ ފުރުޞަތު ދިނުމަށް ހެދި ތަނެކެވެ. އެތަނުގައި ބައެއް ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އެތަން ހުޅުއްވައިދެއްވީ އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އެވެ.

އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި މި ބޯޓު ކުރޫ ޗޭންޖްވާ  ފަޅުވެރިން ވަނީ މިއަދު ހަވީރު އުލިގަމަށް ފައިބައި އުލިގަމުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިޔާ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދުގެ ފަޅުވެރިން ބައިވެރި ވިއެވެ. އެފަޅުވެރިންނަކީ ފުރަތަމަ ބަދނަރު ކުރި ބޯޓު ކުރޫ ޗޭންޖްވާ  ފަޅުވެރިންނެވެ.

އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތް ހޯދުމަށް އިހަވަންދިއްޕޮޅަށް ބަނދަރުކުރި ފުރަތަމަ އުޅަނދަކީ "ޖިއަން ޖިއޭ" (JIAN JIE) ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ.

Advertisement

އެމްޕީއެލްއިން ބުނީ މިއީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާއަށް ތާރީޙީ ދުވަހެއް ކަމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement