
ދެމެހެއްޓެނިވި, ވަށާޖެހޭ ގޮތެއްގައި ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ޤާއިމް ކުރާނަން- މިނިސްޓަރ
ދެމެހެއްޓެނިވި, ވަށާޖެހޭ ގޮތެއްގައި ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ޤާއިމް ކުރައްވާނެކަމަށް މޫސުމީ ބަދަލުތަކާއި, ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވެއްޖެ އެވެ. ވަޒީރު މިފަދައިން ވިދާޅުވީ ހުޅުމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ޤާއިމް ކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެވެ.
ހުޅުމާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާ ގުޅޭ ގޮތުން ވިދާޅުވީ ޑިޒައިންގެ މަސައްކަތްނިމި، ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއްގެ އަމަލީ މަސައްކަތް ފަށާތާ 18 މަސް ދުވަސްގެ ތެރޭގައި ތަނުގެ މަސައްކަތް ނިންމާލެވޭނެކަމަށް ލަފާކުރެއްވޭ ކަމަށެވެ. މިދިޔަ ދައުރުގެ ތެރޭގައި ހުޅުމާލޭގެ ކުނި މެނޭޖްކުރަން ސަމާލުކަން ދީފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޝަންސް






