ހުޅުމާލޭގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފި
މި ހަފުތާގައި މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފި
މި ހަފުތާގައި މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މާލެ ސަރަހައްދަށް ކުރި ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާގައި ވަޅު ކޮންނައިރު ފެން އަރާފައި ހުންނަ ކަމަށާއި އެއް ފޫޓަށް ކޮނެވޭއިރު ފެންގަނޑެއް އުފެދިފައި އޮންނަކަމަށެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ އެ ސަބަބުތަކާހުރެ ހުޅުމާލޭގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައި މީހުން ވަޅުލުން އާ ސަހަރާއަށް ވަގުތީގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.
ޝަތުފާ ވަނީ ވިދާޅުވީ މޫސުން ރަނގަޅުވެ ފެންގަނޑު ހިނދުމުން މީހުން ވަޅުލުމުގެ ކަންކަން އަނެއްކާވެސް ހުޅުމާލެ ސަހަރާއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީހުން ވަޅުލުމުގެ ކަންކަން އާ ސަހަރާގައި ކުރިން ކުރި ނަމަވެސް އެތަން މަރާމާތައް ބަންދުކުރުމަށްފަހު މަރާމާތުކޮށް ނިމެންދެން މީހުން ވަޅުލުމުގެ ކަންކަން މިދިޔަ އަހަރު ވަނީ ހުޅުމާލެ ސަހަރާއަށް ބަދަލުކޮށްފައެވެ.
ރިއެކްޝަންސް