އިތުރު 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރު ގާއިމްކުރަނީ

އިތުރު 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރު ގާއިމްކުރަނީ

ރާއްޖޭގެ އިތުރު 3 ސަރަޙައްދެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި

8 months ago - 10:47
Jan 3, 2024 - 10:49
Advertisement

ރާއްޖޭގެ އިތުރު 3 ސަރަޙައްދެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތައް ނިންމަވާފައި ވަނީ މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. 

އެގޮތުން މި މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.

މި މަރުކަޒުތައް ޤާއިމުކުރެވި، އަދި ޤާނޫނާ އެއްގޮތަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ހުއްދަ ދެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

Advertisement

ރައީސުލްޖުމްހޫރއްިޔާގެ އޮފީހުން ވިދާޅުވީ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި، ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

މިހާރުވެސް މާލެ ސަރައްހަދުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ސަރުކާރުން އަންނަނީ ޑްރަގްރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަމުންނެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement