އިޢުލާންކޮށްފައިވާ އިޞްލާޙުތައް ފިޔަވައި ޤާނޫނުއަސާސީއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް

އިޢުލާންކޮށްފައިވާ އިޞްލާޙުތައް ފިޔަވައި ޤާނޫނުއަސާސީއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް

2 hours ago - 14:20
Advertisement
Advertisement

ކުރިން އިޢުލާންކުރައްވާފައިވާ އިސްލާހުތަކާއި، ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ފިޔަވައި، ޤާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުންފުޅެއް މިވަގުތު ސަރުކާރުން ނުގެންގުޅުއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންތިޚާބުގެ ކުރިން ސަރުކާރުން އިޢުލާންކުރައްވާފައިވާ އިޞްލާޙީ އެޖެންޑާގައި ހިމެނޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދަވާނެ ކަމަށެވެ.


އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އާބާދީ ބޮޑުވާވަރަކަށް އިތުރުވަމުންދާ ދިއުން މަދުކުރުމާއި، އަންހެނުންނާއި ޒުވާނުންނަށް މަޖިލީހުން ކޯޓާ އެކަށައެޅުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޝަރުޢީ ނިޒާމުގެ މުސްތަޤިއްލުކަން ކަށަވަރުކުރެއްވުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ޖުޑިޝަރީ ރިފޯމްކުރުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ ކޮންޓްރޯލް ދަށުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) އޮންނަ އޮތުމަށް އިސްލާހު ގެންނަވާނެ ކަމަށެވެ. މި ބަދަލާއެކު ޖުޑީޝަލް ކައުންސިލް އަލުން ރީއިންސްޓޭޓްކުރެވޭނެ ގޮތަކަށް ޤާނޫނުތަކަށް އިސްލާޙްގެނައުމާއި، ޑީ.ޖޭ.އޭ އަކީ އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ހެއްދެވުމަކީ ރައީސްގެ ތަޞައްވުރެކެވެ.


"ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލް އަދި ސުޕްރީމް ކޯޓުގެ އެންމެ އިސްފަނޑިޔާރު، އުއްތަމަ ފަނޑިޔާރަށް ކަމަށް ވުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް،" ރައީސް ވިދާޅުވިއެވެ.


މީގެ ކުރިން ޤާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ދަށުކޯޓުތަކުގެ އިސްފަނޑިޔާރަށްވުރެ އެޑްމިނިސްޓްރޭޓަރުގެ ބާރު ގަދަވެފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ޖުޑީޝަރީގެ ހިންގުމަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީހަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ސާބިތުކަމާއެކު ކުރިއަށްގެންދަވާނެ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement