ވިލިމާލެގެ ފެނާއި ނަރުދަމާ ނިޒާމުގެ ސަރވޭ ކުރަނީ

ވިލިމާލެގެ ފެނާއި ނަރުދަމާ ނިޒާމުގެ ސަރވޭ ކުރަނީ

ވިލިމާލެގެ ފެނާއި ނަރުދަމާ ނިޒާމުގެ މިހާރުގެ ޙާލަތު ދެނެގަތުމަށްޓަކައި ސަރވޭގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީން ފަށައިފި

8 months ago - 21:42
Jan 3, 2024 - 23:58
Advertisement

ވިލިމާލެގެ ފެނާއި ނަރުދަމާ ނިޒާމުގެ މިހާރުގެ ޙާލަތު ދެނެގަތުމަށްޓަކައި  ސަރވޭގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީން ފަށައިފއެވެ.

މިކަމާއި ގުޅޭގޮތުން އެމްޑަބްލިއުއެސްސީން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ މިއީ ވިލިމާލެގެ ފެނާއި ނަރުދަމާ ނިޒާމު މަރާމާތުކޮށް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢެއް އެކުލަވާލައި ތަންފީޛު ކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމުގައެވެ.

އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވީ ވިލިމާލެއަށް ބޭނުންވާ ޚިދުމަތްތައް ޒަމާނީކުރުމަށް މި ސަރުކާރުގެ ތަސައްވުރެއް އެބައޮތްކަމަށާއި  މި މަސައްކަތަކީ މީގެ ދަށުން ކުރެވެމުންދާ މަސައްކަތެއްކަމުގައެވެ.

ސަރވޭ ނިންމުމަށްފަހު ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އަދި މިއީ މުސްތަޤްބަލުގައި ވިލިމާލޭގެ އާބާދީ އިތުރުވާނެތީ އެކަމަށް ބޭނުންވާ އަސާސީ ޚިދުމަތް ވަރުގަދަކުރުމުގެ މަސައްކަތުގެ ފެށުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތާއެކު ވިލިމާލެއަށް އިތުރު ތަރައްޤީ އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

Advertisement

ތިމާވެށްޓާ ރަހުމަތްތެރި ނިޒާމަކަށް ވިލިމާލެގެ ފެނާއި ނަރުދަމާ ނިޒާމު ތަރައްޤީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ހަވާލުކުރެއްވީ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ.

މިމަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެއްކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement