ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ
ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ: ފޮޓޯ-އޭޕީ

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

ވަގުތީ ސަރުކާރު ހަވާލުވީ ބުރާސްފަތި ދުވަހު

1 month ago - 08:24
Aug 10, 2024 - 09:19
Advertisement

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މަޤާމަށް ޑޮކްޓަރ މުޙައްމަދު ޔޫނުސް އައްޔަންކުރުމާ ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޑޮކްޓަރ މުޙައްމަދު ޔޫނުސަށް ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާއި އެކުވެރިކަން ފާހަގަކުރެއްވިއެވެ. އަދި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ ލީޑަރޝިޕްގެ ދަށުން ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ސުލްޙަމަސަލަސްކަމާއި އެއްބައިވަންތަކަން އާލާވެ، ފާގަތިކަން ލިބިގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. ބަނގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވާލީ އެގައމުގައި ކުރި ސިލްސިލާ މުޒާހަރާތަކަށްފަހު ބޮޑުވަޒީރު ޝައިހު ހަސީނާ އިސްތިއުފާ ދެއްވާ ގައުމުންވެސް ފިއްލެވުމުންނެވެ. މުޒާހަރާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވިއެވެ. މުޒާހަރާތަކުގެ ކޮންޓްރޯލް ސަރުކާރަށް ގެއްލުނީ އެސަބަބާ ހެދިއެވެ.

ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސިޔާސީގުޅުން ޤާއިމުކޮށްފައި ވަނީ 22 ސެޕްޓެންބަރު 1978ގައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement