ހުތުބާ ލިޔުއްވީ އަންހެން އިލްމްވެރިއެއް, ދެ ބަހުން ތަރުޖަމާކޮށްދިން!
މިއަދު ހުތުބާ ކިޔަމުން ދިޔައިރު ދެބަހުން ތަރުޖަމާ އަރުވަނީ: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

ހުތުބާ ލިޔުއްވީ އަންހެން އިލްމްވެރިއެއް, ދެ ބަހުން ތަރުޖަމާކޮށްދިން!

އިނގިރޭސި ބަހާއި, ބަނގްލަދޭޝް ބަހުން ތަރުޖަމާ އެރުވި

1 month ago - 15:05
Aug 10, 2024 - 09:17
Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ދީނީ އިލްމްވެރިއަކު ލިޔުއްވި ހުކުރު ހުތުބާ އިއްވައިފިއެވެ. މިއަދު ހުކުރު ނަމާދުގައި އިއްވީ އިސްލާމިކް މިނިސްޓްރީގެ ނައިބު ހައްވާ ލަތީފް ލިޔުއްވި ހުތުބާއެއް ކަމަށް އިސްމާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ހުތުބާ ވަނީ ދެބަހުން ތަރުޖަމާކޮށް, ހުތުބާ ކިޔަމުން ދިޔައިރު ތަރުޖަމާ ޓީވީ ސްކްރީންގެ ތިރިއަށް އަރުވާފައެވެ. އެއީ އިނގިރޭސި ބަހާއި, ބަނގްލަދޭޝް ބަހުންނެވެ.  ލައިވް ޓްރާންސްލޭޝަން ސަބްޓައިޓަލް އަރުވަން ފެށީވެސް އަލަށެވެ. ސަބްޓައިޓަލް އެރުވީ އިސްލާމީ މަރުކަޒުގައި މިސަރުކާރުން ބެހެއްޓި ޓީވީތަކަށެވެ. މީގެއިތުރުން  އިސްލާމިކް މިނިސްޓްރީގެ ޕޭޖުން ހުތުބާ ވަގުތުން ދައްކަމުން ދިޔައިރުވެސް ސަބްޓައިޓަލް އަރުވަމުން ދިޔައެވެ..

"އިންޝާ ﷲ އަންނަ ހަފްތާގައި ހުރިހާ ޓީވީ ތަކަށް ވެސް ތަރުޖަމާގެ ފީޑް ދެވޭނެ." - އިސްލާމިކް މިނިސްޓަރ

މނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމްދީނަކީ ޢާލަމީ ރިސާލަތެއް ކަމަށާއި, ޚުޠުބާގައި އަންނަ ވާހަކަތަށް ދިވެހި ރައްޔިތުންގެ އިތުރުން ރާއްޖޭގައި އުޅޭ ބިދޭސީ މުސްލިމުންނަށް އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.  އިނގިރޭސިބަހާއި ބަންގާޅު ބަހުން ވެސް ރާއްޖޭގެ ޚުޠުބާ ތަރުޖަމާކުރަން ފެށީ އެކަމުގެ މުހިއްމު ކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement