ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 3,651 ފޯމް ހުށަހަޅައިވޭ: މިނިސްޓަރު  މުއްތަލިބް

ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 3,651 ފޯމް ހުށަހަޅައިވޭ: މިނިސްޓަރު މުއްތަލިބް

2 hours ago - 19:40
Advertisement
Advertisement

ބޯހިޔާވަހިކަން އެންމެންނަށް ސްކީމުގެ ދަށުން މިހާތަނަށް ގޯއްޗާއި ފްލެޓަށް އެދި 3,600 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭ ތަފުސީލު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ސްކީމަށް މިހާތަނަށް 3,651 އެޕްލިކޭޝަނެއް ފުރިހަމަކޮށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޑްރާފްޓް މަރުހަލާގައި 10,000 އާ ގާތްކުރާ އަދަދަކަށް އެޕްލިކޭޝަން ފުރަމުންދާކަން ފާހަގަކުރައްވައި، މިހާތަނަށް ހުށަހެޅި ފޯމުތަކަށް ބަލާއިރު އެންމެ ބޮޑު ތަރުހީބެއް ލިބެމުންދަނީ ފްލެޓަށް ކުރިމަތިލުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 7,900 ފްލެޓާއި، 1,250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.


މި ސްކީމުގެ ދަށުން ފްލެޓަށް ކުރިމަތިލުމަށް 15 ކެޓަގަރީއެއް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ޒުވާނުން، ޓެކްސީ ޑްރައިވަރުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ. މީގެ އިތުރުން ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި، މަސްވެރިންނާއި، އާއިލީ ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ ސަބަބުން ގެދޮރު މިލްކުކުރުމުގެ ފުރުސަތު ގެއްލިފައިވާ ފަރާތްތަކުގެ އިތުރުން، މީގެ ކުރީގެ މަޝްރޫއުތަކުން ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކަށް ވެސް މި ސްކީމުގައި ހާއްސަ އިސްކަމެއް ދީފައިވެއެވެ.

Advertisement
Advertisement


މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މާރިޗު މަހުގެ 5 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭޕްރިލް 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. 

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement