ރާއްޖެ އަންނަ ޖަރުމަންވިލާތުގެ ފަތުރުވެރިން އިތުރުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އަންނަ ޖަރުމަންވިލާތުގެ ފަތުރުވެރިން އިތުރުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

1 hour ago - 19:47

ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށްޓަކައި ވިޒިޓް މޯލްޑިވެސް އާއި ޑާޓުއާއިން އާއި ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ޔޫރަޕްގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ވަރުގަދަކުރުމެވެ.

މި ފަހުމުނާމާގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2026 ފެބުރުވަރީ 10 ގައި ބާލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަވާސާގައެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. ޑާޓުއާގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރު އިންޑިއަން އޯޝަން އެންޑް އޭޝިއާ، ޔޯން ކްރައުޒާއެވެ.

މި އިސްތިރާތީޖީ ގުޅުމުގެ ދަށުން، ދެ ފަރާތް ގުޅިގެން ކުރިއަށްގެންދާ މާކެޓިންގ ހަރަކާތްތަކުގެ ޒަރީއާއިން، ޖަރުމަނުން ރާއްޖެއަށް މަދުވެގެން 100،000 ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި އޭގެ ފަހުގެ އަހަރުގައި މި އަދަދު 200،000 އަށްވުރެ މައްޗަށް ގެންދިއުމަކީ ދެ ފަރާތުގެވެސް ބޮޑު އުންމީދެކެވެ. މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޔޫރަޕްގެ އެއް ބާޒާރުގެ ގޮތުގައި ޖަރުމަނުވިލާތް ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Advertisement
Advertisement


މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ ޖަރުމަނުގެ ކަސްޓަމަރުންގެ ޝައުގުވެރިކަމާއި، މޫސުމީ ބޭނުންތަކަށް ރިއާޔަތްކޮށް، ގުޅިފައިވާ ޕްރޮމޯޝަނަލް ކެމްޕޭންތަކާއި މާކެޓިންގ ހަރަކާތްތައް ހިންގުމަށެވެ.


މީގެ އިތުރުން، ޑާޓުއާ ޖަރުމަނުން ފޯރުކޮށްދޭ މާކެޓް އެކްސްޕާޓީޒްގެ އެހީގައި، ތަފާސްހިސާބުތަކަށް ބިނާކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ އުކުޅުތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ފަތުރުވެރިކަމާ ގުޅޭ މުހިންމު މައުލޫމާތާއި، ބާޒާރުގެ ދިރާސާތަކާއި، މަސައްކަތުގެ ނަތީޖާ ދެނެގަތުމަށް ބޭނުންވާ ތަފާސްހިސާބުތައް ހިއްސާކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.         

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow