ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭވެހި، ބައެއް ގެތަކަށް ފެންވަދެެއްޖެ
ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެންވަދެއްޖެއެވެ.
ފުވައްމުލަކަށް ކުރި ވިއްސާރަ ބޯވެ، މުޅި ސިޓީގެ ހުރިހާ އަވަށެއްގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދުއްވާ އެއްޗެއްސަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވެއެވެ.
ފުވައްމުލަކުން މައުލޫމާތު ލިބޭގޮތުގައި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެކި އަވަށްތަކުގެ ގިނަ އަދަދެއްގެ ގެތަކަށް ވަނީ ފެންވަދެފައެވެ.
ރިއެކްޝަންސް









