ކޮމަންވެލްތު ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ކޮމަންވެލްތު ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

1 day ago - 11:39
Advertisement
Advertisement

އިނގިރޭސިވިލާތުގެ ލަންޑަނުގައި އިއްޔެ ބޭއްވި ކޮމަންވެލްތު ފޮރިން އެފެއާރޒު މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންފިއެވެ.


މި ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލުގެ ބަދަލުގައި މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ، އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ އިރުތިޝާމް އާދަމްއެވެ.


މި ބައްދަލުވުމުގެ ތެރެއިން، ކޮމަންވެލްތުގެ މަސައްކަތްތަކުގެ ހަރުދަނާކަން އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން، މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މައުލޫމާތު ބަދަލުކޮށްފައެވެ.

މި ބައްދަލުވުމަކީ ކޮމަންވެލްތުގެ މެންބަރު ޤައުމުތަކަށް ކުރިމަތިވަމުންދާ އެކި ގޮންޖެހުންތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ. ޚާއްސަކޮށް، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މައްސަލަތަކާއި، އެ މައްސަލަތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކަށް މި ބައްދަލުވުމުގައި ބައިވެރިވި މަންދޫބުން އަލިއަޅުއްވާލެއްވިއެވެ.

Advertisement
Advertisement

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement