ގެސްޓް ހައުސްއެއްގައި ޒަޚަމްތަކަކާ އެކު އޮތް މީހާއަށް އަނިޔާކުރިކަމުގެ ތުހުމަތަށް ދެ މީހުން ހައްޔަރުކޮށްފި
ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން

ގެސްޓް ހައުސްއެއްގައި ޒަޚަމްތަކަކާ އެކު އޮތް މީހާއަށް އަނިޔާކުރިކަމުގެ ތުހުމަތަށް ދެ މީހުން ހައްޔަރުކޮށްފި

7 days ago - 13:57
Advertisement

ގެސްޓް ހައުސްއެއްގައި ޒަޚަމްތަކަކާ އެކު އޮތް މީހާއަށް އަނިޔާކުރިކަމުގެ ތުހުމަތަށް ދެ މީހުން ހައްޔަރުކޮށްފި އެވެ.

މާލޭގެ ހެންވެއިރުގައި ހުންނަ ގެސްޓްހައުސްއެއްގެ ކޮޓަރީގައި ޒުވާނަކަށް ވަރަށްބޮޑަށް އަނިޔާކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރީ ކ.ތުލުސްދޫ ފައުޒާން ޒަރީރު (23) އާއި މއ.ވޮއްކޮޅުގެ އަހުމަދު މާޒިން (23) ކަމަށް ފުލުހުން ބުންޏެވެ. އެ ދެމީހުންވެސް ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކޯޓް އަމުރެއްގެ ދަށުންނެވެ. ކޯޓުން ވަނީ އެދެމީހުންގެ ޝަރިއަށް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

މިހާދިސާ ހިނގާފައިވަނީ މިހަފްތާގެ ހޯމަ ދުވަހުއެވެ. އަނިޔާ ލިބުނު ޒުވާނާއަށް އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެޒުވާނާގެ އައިޕެޑާއި, ވޮލެޓާއި ފޯނުވެސް ވަނީ ގެންގޮސްފައެވެ. އެއީ ރިސޯރޓެއްގައި މަސައްކަތް ކުރާ ޒުވާނެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement