މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހިންނަވަރާއި ނައިފަރުން ފަސް މީހަކު ހައްޔަރުކޮށްފި
މައްސަލައިގައި ހައްޔަރުކުރި މީހުން:

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހިންނަވަރާއި ނައިފަރުން ފަސް މީހަކު ހައްޔަރުކޮށްފި

9 days ago - 12:08
Advertisement

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހިންނަވަރާއި ނައިފަރުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ފަސް މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ހިންނަވަރާއި ނައިފަރުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނުން ކަމަށް ފުލުހުން ބުންޏެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 86.26 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން 293000 ދިވެހި ރުފިޔާއާއި ޔޫއެސް ޑޮލަރުގެ އިތުރުން ޔޫރޯވެސް ފެނުން ކަމަށް ފުލުހުން ބުންޏެވެ. މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ:

- ހުސެއިން އީސާ ފުޅު ޅ. ހިންނަވަރު / އަގީދުގެ (48އ)،

- އަޙްމަދު މުހައްމަދު ޅ. ހިންނަވަރު / މިދިލިމާގެ (36އ)،

Advertisement

- ޢަބްދުالله ޒަކަރިއްޔާ ޅ. ނައިފަރު / ޑޭޒީހިޔާ، (46އ)،

- މުޙައްމަދު އިރުޝާދު ޅ. ހިންނަވަރު / ފެހިގެ، (35އ)

- ފާތިމަތު ރީމާ އދ. މަހިބަދޫ / ކުޅިބަލާގެ، (44އ)

ފުލުހުން ބުނީ މި ފަސްމީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކުރި ކަމަށެވެ.

މި ފަސްމީހުންގެ ތެރެއިން ހުސައިން އީސާ ފުޅު އަދި އަޙްމަދު މުޙައްމަދު ހަތް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެެވެ. އަދި ޢަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާޠިމަތުު ރީމާ 12 ދުވަހަށް ބަންދުކުރަން ވަނީ އަމުރު ކޮށްފައެވެ. މުޙައްމަދު އިރުޝާދު ބަންދުކުރަން އަމުރު ނެރުނީ ތިން ދުވަހަށެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement