އާސަންދަ ކަނޑާލި ކަމަށް ބުނާ މީހާގެ ބިލްތަކަށް 85,900 ޑޮލަރު ވަނީ އެޕްރޫވް ކޮށްފަ- އާސަންދަ
އާސަންދައިގެ ޚިދުމަތް ކަނޑާލި ވާހަކަ އެކުންފުނިން ދޮގުކުރޭ

އާސަންދަ ކަނޑާލި ކަމަށް ބުނާ މީހާގެ ބިލްތަކަށް 85,900 ޑޮލަރު ވަނީ އެޕްރޫވް ކޮށްފަ- އާސަންދަ

ބަލިމީހާ މާލެ ގެނައުމުގެ ވާހަކަތައް އާއިލާއާއެކު ދެއްކި

7 days ago - 10:16
Sep 12, 2024 - 10:17
Advertisement

ބެންގަލޫރުގެ ހޮސްޕިޓަލަކުން ފަރުވާ ހޯދަމުން ދިޔަ މީހެއްގެ އާސަންދަ ކަނޑާލި ކަމަށް ދެކެވޭ ވާހަކަތައް އާސަންދަ ކުންފުނިން ދޮގުކޮށްފިއެވެ.

އެކަން ދޮގުކޮށް އެކުންފުނިން މިއަދު ނެރުނު ބާޔާނުގައި ބުނެފައިވަނީ އާސަންދަ ކަނޑާލި ކަމަށް ބުނާ މީހާގެ ބިލްތަކަށް 85,989.15 ޑޮލަރު އެޕްރޫވް ކޮށްފައިވާ ކަމަށެވެ. އެމީހާގެ ބިލްތަކަށް އަރާފައިވަނީ  89,339.91 އެމެރިކާ ޑޮލަރު ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ. އެޕްރޫވް ކޮށްފައިވަނީ އާސަންދައިން ކަވަރ ނުކުރާ ޚިދުމަތްތަކަށް އުނިކުރުމަށްފަހު ކަމަށް އެކުންފުނިން ބުންޏެވެ.

އާސަންދަ ކުންފުނިން ބުނީ އެމީހާއަކީ ބެންގަލޫރުގެ އެސްޓަރ ސީ.އެމް.އައި އިން ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ. އަދި 65 އަހަރުގެ އެމީހާ ފަރުވާއަށް ގެންދިޔައީ ޒަކާތު ފަންޑުގެ އެހީގައި އެއާއެމްބިއުލަންސް މެދުވެރިކޮށް ސައުދީއަރަބިޔާގެ ޖިއްދާއިން ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ. އާސަންދަ ކުންފުނިން ބުނީ ޒަކާތު ފަންޑާ އާސަންދަ ހިމެނޭ ގޮތުން ބަލިމީހާގެ ފަރުވާއަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަމަޖައްސައިދީފައިވާ ކަމަށެވެ.

ބަލިމީހާއަށް ފަރުވާދެނީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީ އަށެވެ. ފަސްމަހެއްހާ ދުވަހުގެ މުއްދަތަށްފަހު ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައިނުވާތީ އިތުރު ސަޕޯރޓް ކެއަރ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓަރ ސަޕޯޓާއެކު މާލެ ގެންނަން އާއިލާއާ ވާހަކަ ދެއްކި ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ. ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް ރިހިބިލިޓޭޝަން ދިނުމަކީ އާސަންދައިގެ ދަށުން ކުރެވޭނެ ކަމެއް ނޫންކަންވެސް އާއިލާއަށް އެންގި ކަމަށް އެކުންފުނިން ބުންޏެވެ. އަދި ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާގެ ޕްލޭނަކާއެކު ތިން ދުވަހުގެ ތެރޭގައި ބަލިމީހާ މާލެ ގެންނަން އާއިލާއާއެކު ވާހަކަ ދެއްކި ކަމަށް އާސަންދައިން އެއްބަސްވެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement