ރައީސުލްޖުމުހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
ރައީސުލްޖުމުހޫރިއްޔާއަށް މަރުގެ އިންޒާރުދިން މީހާ / ފޮޓޯ: ފުލުހުން

ރައީސުލްޖުމުހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

9 months ago - 21:46
Aug 1, 2025 - 22:10
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި ތ. ތިމަރަފުށީ، މަލަސް މަސީޙު މޫސާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކުރެވުނު އުމުރުން 25 އަހަރުގެ މި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ 'މަސީޙް މޫސާ' ނަމުގައި ފޭސްބުކްގައި ހިންގާ އެކައުންޓަކުން ރައީސް މުއިއްޒަށް  ހުތުރު ބަސްތަކެއް ބޭނުންކޮށް، މަރުގެ އިންޒާރު ދީފައިވާ ޕޯސްޓެއް ކޮށްގެންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ވަނީ ސޯޝަލް މީޑިއާގައި ރައީސަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށާއި، އަދި އެ މައްސަލައިގެ ތުހުމަތުގައި މަސީޙު މޫސާ ހައްޔަރުކޮށް، އޭނާގެ ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement