
އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުންދިން މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
މާލޭ ޗާންދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުންދިން މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އެމް. ސްޓާރު / މާލެ، 49 އަހަރުގެ، މުޙައްމަދު ރަޒީން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެމްޑީޕީ ހަރުގެއަށް ގެއްލުންދިން ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 01:30 ހާއިރުކަމަށެވެ.
މި މައްސަލަ އިތުރަށް ތަޙްޤީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެކުރިންވެސް އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މައްސަލައެއް ކުރިމަތިވިއެވެ.
ރިއެކްޝަންސް






