ފަރަށްއެރި ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީ ފަޅުވެރިން ސަލާމަތްކޮށްފި
ފަރަށް އެރި ދޯނި / ފޮޓޯ:އެމްއެންޑީއެފް

ފަރަށްއެރި ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީ ފަޅުވެރިން ސަލާމަތްކޮށްފި

6 hours ago - 12:29
Aug 2, 2025 - 12:34
Advertisement
Advertisement

ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުއްޓަށް ދަތުރުކުރި "ގުރުވަ 1" ނަމަކަށް ކިޔާ ދޯންޏެއް ނ. ކުޑަރަށް ކައިރިން ފަރަށް އެރުމުން، އެއިން ދަތުރުކުރި މީހުންނަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭގެ 23:24 ހާއިރު ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް އިން އެ ސަރަހައްދަށް ދަތުރުކޮށް، ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރި ތިން ފަޅުވެރިން ހާބަރކްރާފްޓްއަށް ނަގާ އެހީތެރިކަން ފޯރުކޮށްދީފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފަޅުވެރިން މިއަދު ހެނދުރު 08:45 ހާއިރު ނ. ހޮޅުދޫއަށް ގެންގޮސްދީފައިވާކަމަށާއި, އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

އެމްއެންޑީއެފުން އިތުރަށް ބުނީ ފަރަށް އެރި ދޯނި "ގުރުވަ 1" އަށް ވަރަށް ބޮޑަށް ލޮނު އަރާފައިވާކަމަށެވެ. އަދި ދޯންޏަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ. މިދުވަސްވަރު މޫސުން ގޯސްވުމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement
Advertisement

 

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement