ނާލާފުށްޓަށްވުރެ ބޮޑުކޮށް އެރަށުގެ ބިން ހިއްކައިދޭނަން- ރައީސް
ރައީސުލްޖުމްހޫރިއްޔާ ނާލާފުށި ރައްޔިތުންނާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ނާލާފުށްޓަށްވުރެ ބޮޑުކޮށް އެރަށުގެ ބިން ހިއްކައިދޭނަން- ރައީސް

22 days ago - 19:56
Sep 22, 2025 - 19:56
Advertisement
Advertisement

މިހާރުގެ ރަށުގެ ސައިޒަށްވުރެ އިތުރަށް، ނާލާފުށީގެ ބިން ހިއްކައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ނާލާފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެރަށުން ފަނަރަ ހެކްޓަރުގެ ބިން ހިއްކައިދޭނެކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާގެ ވިދާޅުވީ ނާލާފުށީގައި ބަނދަރު ބޮޑުކުރުމާއި ބިންހިއްކުމާއި ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދާނީ އެއްކުންފުންޏަކުން ކަމަށެވެ. ބަނދަރުބޮޑުކުރުމާއި ބިންހިއްކުމުގެ މަސައްކަތް ޢަމަލީގޮތުން މިއަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި ފެށޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އެރަށުގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވިއެވެ. އެމަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ.

ދިރާސީ އާ އަހަރަށް ނާލާފުށީ ސްކޫލްގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކުރުމާއި ފުޓްސަލް ދަނޑެއް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން، މ. ނާލާފުށީގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ވަނީ ރަސްމީކޮށް އިފްތިތާޙް ކުރައްވާފައެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ އެޅުމުގެ މަޝްރޫޢާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫޢުގެ އިތުރުން، އައު ކައުންސިލް އިދާރާގެ އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement