އެހެން ރަށަކަށް ބަދަލުވުމާމެދު ރަތްމަންދޫ ރައްޔިތުން ހިޔާލު ތަފާތު
ރައީސް މުއިއްޒު ރަތްމަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

އެހެން ރަށަކަށް ބަދަލުވުމާމެދު ރަތްމަންދޫ ރައްޔިތުން ހިޔާލު ތަފާތު

22 days ago - 19:47
Sep 22, 2025 - 19:48
Advertisement
Advertisement

އެހެން ރަށަކަށް ބަދަލުވުމާމެދު ރަތްމަންދޫ ރައްޔިތުންގެ ހިޔާލު ތަފާތުވެއްޖެއެވެ. އާބާދީ މަދު މ.ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަކީ މީގެކުރިންވެސް ހިޔާލު ތަފާތުވެފައި އޮތްކަމެކެވެ.

ހިޔާލުތަފާތުވުން ބޮޑަށް ފާހަގަކުރެވުނީ ރައީސުލްޖުމްހޫރިއްޔާ މ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަތްމަންދޫއަށް ވަޑައިގަތުމުންނެވެ. އެރަށުގެ ރައްޔިތުންގެ ފަރާތުން އެހެން ރަށަކަށް ބަދަލުވުމުގެ ހިޔާލާއި, ރަށުގައި މަޑުކުރުމުގެ ހިޔާލުވެސް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.

އެކަމަށް ޖަވާބުދެއްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުމުގެ އެއްވެސް ކަމެއް އެރަށެއްގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއި އެކު ނޫނީ ނުކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަކީ ޚަރަދުކުޑަ ފައިދާކުރަނިވި ހަރުދަނާ ސިޔާސަތެއް ކަމަށެވެ. ނަމަވެސް އެއީ އެކަމަށް ރައްޔިތުން ބޭނުންވުމާއި، ބަދަލުވާން ގަސްދުކުރާ ރަށެއްގެ ރައްޔިތުން އެކަމަށް ބޭނުވުމާއި، އަދިވެސް އެހެނިހެން ކަންކަމާއި ގުޅިފައިވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ގެންގުޅުއްވާ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެންކަމަށް ވިދާޅުވިއެވެ. އެގޮތަކީ، ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement
Advertisement

އެގޮތުން، ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ނިންމަވައިފިނަމަ، ބަދަލުވާ ރަށެއްގައި މީހާރު ރަތްމަންދޫގައި ދިރިއުޅޭ ރައްޔިތުންނަށް ހައުސިން މަޝްރޫޢެއް ކުރިއަށް ގެންގޮސްދެވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement