ދިވެހިރާއްޖެ-ޔޫކޭ ބިޒްނަސް ފޯރަމްގައި ރައީސް ތަޤުރީރުކުރައްވައިފި
މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައި ރައީސް ތަޤުރީރުކުރައްވަނީ; ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެ-ޔޫކޭ ބިޒްނަސް ފޯރަމްގައި ރައީސް ތަޤުރީރުކުރައްވައިފި

އިނގިރޭސިވިލާތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ މުހިއްމު ބައިވެރިއެއްކަމަށް ވިދާޅުވި

13 hours ago - 00:42
Jul 18, 2025 - 07:55
Advertisement
Advertisement

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ފެށި ދިވެހިރާއްޖެ-އިނގިރޭސި ވިލާތުގެ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ތަޤުރީރުކުރައްވައިފިއެވެ.

މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޮޕްމަންޓް އެންޑް ޓްރޭޑްއިން ކުރިއަށްގެންދަވާ ގްލޯބަލް ބިޒްނަސް ފޯރަމްގެ 8 ވަނަ އެޑިޝަންއެވެ.

އިނގިރޭސިވިލާތުގެ ޕްރައިވެޓް ސެކްޓަރ އިން ބައިވެރިވި މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ އިނގިރޭސިވިލާތަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށް ވިދާލުވެފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި އިނގިރޭސިވިލާތުގެ ދައުރު ބޮޑުކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކުފުޅުގައި ވަނީ ދިވެހިރާއްޖޭގައި ހުރި އިންވެސްކުރުމުގެ ފުރުޞަތުތަކަށް އަލިއަޅުވާލާ ވާހަކަދައްކަވާފައެވެ. އެގޮތުން މައިގަނޑު ފަސް ދާއިރާއެއްގެ ނަން ރައީސް ވަނީ ފާހަގަކުރައްވާފައެވެެ. ކްރިއޭޓިވް އިކޮނޮމީ, ޑިޖިޓަލް ޓްރާންސްފޮމޭޝަން, އިއާދަކުރަނިވި ހަކަތަ, މަސްވެރިކަން, އިނޮވޭޓިވް އޯޝަން އަދި ޓޫރިޒަމް އިންފްރާސްޓަކްޗަރ ގެ ދާއިރާއިން ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ފާހަގަ ކުރައްވާ ރައިސް ވިދާޅުވީ އިންވެސްމަންޓާތަަކަށް ޙާއްސަކޮށް އެކަމަށް ބޭނުންވާ ޤާނޫނު ފާސްކޮށްފައިވާކަމަށެވެ.

Advertisement
Advertisement

މި ރަސްމިއްޔާތުގައި ރައީސްވަނީ ސީފުޑްއާ ގުޅޭ ހައިކޮލިޓީގެ ޕްރިމިއަމް ބްރޭންޑްގެ ގޮތުގައި  ދިވެހިރާއްގެ މަސްވެރިކަމުގެ އާ ބްރޭންޑް "މޯލްޑިވްސް ފިޝަރީޒް ބްރޭންޑް" އިފްތިތާހުކޮށްދެއްވާފައެވެެ.

އިނގިރޭސި ވިލާތަކީ އެންމެގިނައިން ރާއްޖެއިން ދަޅުމަސް އެކްސްޕޯޓް ކުރާ ޤައުމުކަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއިން އަހަރަކު 20 މިިލިއަން ޑޮލަރުގެ ޕްރޮސަސްކޮށްފައިވާ މަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ ކަމުގައެވެ.

ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިކޮމިކް ޑިވެލޮޕްމަންޓާއި ވެސްޓް ލަންޑަން ޗެމްބަރ އޮފް ކޮމާސް އާ ދެމެދު ވަނީ ވިޔަފާރީގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. 

ރަސްމިއްޔާތުގައި ކޮމަންވެލްތު އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއާމަން ލޯޑް މާލަންޑްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރާއްޖޭގެ މުސްތަގުބަލަށް އޮތް ސާފު އަދި ފަހި ވިޝަން އަކީ ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް އިތުބާރު ކުަރަންޖެހޭ ސަބަބެއްކަމަށް ޗެއާމަން ވަނީ ފާހަގަކުރައްވާފައެވެ.

މި ފޯރަމްގެ ފުރަތަމަ ބައިގެ ގޮތުގައި ވަނީ މަތީފެންވަރުގެ ޕެނަލް ޑިސްކަޝަން އެއްވެސް ކުރިއަށް ގެންގޮސްފައެވެ. "އިންވެސްޓިން އިން ދަ ފިއުޗަރ: އަ ޑާޔަލޮގް އޮން ދި މޯލްޑިވެސް އިކޮނޮމިކް ވިޝަން" ގެ ނަމުގައި ބޭއްވި މި ޕެނަލްގައި ރާއްޖޭގައި ހުރި  އިންވެސްމަންޓްގެ ފަހި ފުރުޞަތުތަކާ ބެހޭގޮތުން ބައިވެރިންނަށް ވަނީ ގިނަ މައުލޫމާތުތަކެއް ދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement