ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަންކުރަން ފާސްކޮށްފި
ޒަމްއަތު ދައުލަތުގެ މީޑިޔާގައި ޚަބަރު ހުށަހަޅަނީ

ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަންކުރަން ފާސްކޮށްފި

11 months ago - 11:02
Jun 16, 2025 - 11:02
Advertisement
Advertisement

ބްރޯޑްކާސްޓިންގ ކޮމިޝަން އަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ. ޒަމްއަތު އަކީ ކުރިން ނޫސްވެރިއެއްގެ ގޮތުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި ފަރާތެކެވެ.

ބްރޯޑްކޮމްއަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ލިސްޓްގެ އެންމެ ކުރީގައި އޮތީވެސް ޒަމްއަތުގެ ނަމެވެ. މަޖިލިހުގެ ކޮމިޓީ ރިޕޯރޓް މިއަދު ތަޅުމަށް ހުށަހެޅުމުން ނެގި ވޯޓްގައި ޒަމްއަތުގެ ނަން ފާސްކުރީ 56 މެމްބަރުންގެ ވޯޓުންނެވެ. މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ އިންޓަރވިއުއަށްފަހު ކޮމިޓީ ލިސްޓްގައިވެސް އެންމެ ކުރީގައި އޮތީ ޒަމްއަތުގެ ނަމެވެ. ޒަމްއަތުގެ އިތުރުން ތަޅުމަށް ފޮނުވި ދެ ނަމަކީ މިސަރުކާރުގައި ޕީއެސްއެމްގެ ފުރަތަމަ އެމްޑީ ޒީނާ ޒާހިރު އާއި އޭއޯ ނިއުސްގެ ފައުންޑަރ ޝިމްލާ އަހުމަދެވެ.

ޒަމްއަތު ނޫސްވެރިއެއްގެ އިތުރުން ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވީ ދައުލަތުގެ މީޑިޔާއާއި ވީ ނިއުސްގައެވެ. މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯގައެވެ. އެމިނިސްޓްރީގެ މީޑިޔާ ޑިޕާރޓްމަންޓްގައެވެ.

މިއީ ޒަމްއަތު ބްރޯޑްކޮމްއަށް ކުރިމަތިލެއްވި ދެވަނަ ފަހަރެވެ. ބްރޯޑްކޮމްއަށް މެމްބަރަކު މިނަގަނީ މެމްބަރު އަނާގެ ދައުރު ހަމަވުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement