މާބައިދޫ ކައުންސިލް މެމްބަރު ހަސަން ޒަރީރު ކުއްލި ގޮތަކަށް ނިޔާވެއްޖެ
މިއަދު ކުއްލި ގޮތަކަށް ނިޔާވި ހަސަން ޒަރީރު

މާބައިދޫ ކައުންސިލް މެމްބަރު ހަސަން ޒަރީރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ނިޔާވީ ހިތުގެ މައްސަލައެއްގައި

1 year ago - 20:16
Feb 4, 2025 - 20:18
Advertisement
Advertisement

މާބައިދޫ ކައުންސިލް މެމްބަރު ޒަރީރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ކައުންސިލް މެމްބަރު ހަސަން ޒަރީރު މިއަދު ނިޔާވީ ޖޯލިފަތީގައި ދުފަން އިންދާ މެޔަށް ތަދެއް އަރައިގެން ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއްވިއެވެ.

މާބައިދޫ މައުންސިލް ރައީސް އިބްރާހީމް ވިސާމް ވިދާޅުވީ ހަސަން ޒަރީރުގެ ހިތުގެ މައްސަލައެއް ފާހަގަކުރެވުނުތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. މިއަދު ކުއްލިއަކަށް ނިޔާވީ އެކަން ފާހަގަކުރެވި, މިއަދު ކުއްލިއަކަށް އެރި ތަދަކާއެކު ކަމަށް ވިސާމް ވިދާޅުވިއެވެ. މެޔަށް ތަދެއް އަރާ ހަސަން ޒަރީރުއ ވެއްޓުމުން ފަރުވާ ދިނުމަށް ރަށު ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ނިޔާވީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

ހަސަން ޒަރީރުގެ ޖަނާޒާގެ ކަންކަން ގަމުގައި ދަނީ ކުރަމުންނެވެ. އާއިލާއާއި ކައުންސިލް މެމްބަރުންވެސް މިވަގުތު ތިބީ ގަމުގައެވެ. ވިސާމް ވިދާޅުވީ ރަށުގައި ސަގާފީ ކަންކަމުގައި އިސްކޮށް އުޅޭނީ ޒަރީރު ކަމަށެވެ. އޭނާއަކީ ވަރަށް ހަރަކާތްތެރި މެމްބަރެކެވެ.

ހަސަން ޒަރީރު ނިޔާވިއިރު އުމުރަކީ 58 އަހަރެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement