މަރުތޭލަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި
މަރުތޭލުން ބޮލުގަ ޖަހާ ޒަޚަމްކޮށްލީ އައިޖީއެމްއެޗް ކައިރީގައި

މަރުތޭލަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

1 year ago - 22:47
Feb 4, 2025 - 22:47
Advertisement
Advertisement

މިރޭ މާލޭގައި މަރުތޭލަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި އެވެ. މަރުތޭލަކުން ހަމަލާދީ ޒަޚަމްކޮށްލީ ކަނބާއައިސާރަނި ހިނގުމުން އައިޖީއެމްއެޗް ކައިރީ ހުރި ދިވެހި ފިރިހެނެކެވެ.

ހަމަލާދިނީ ސައިކަލުގައި ދިޔަ ދެ ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ޒަޚަމްވި މީހާއަށް ދަނީ އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ މަރުތޭލަކުން ޖަހާ ޒަޚަމްކޮށްލި ކަމުގެ ރިޕޯރޓް ލިބުނީ މިރޭ 8:41 ހާއިރު ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

މިއަދު ވަނީ މާލޭގެ ކެފޭއެއްގެ ބަދިގޭގައި ދެ ބިދޭސީއެއްގެ މެދުގައިވެސް މާރާމާރީ ހިންގާ ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އެއީ މާވެޔޮމަގު ކެފޭއއެއްގެ ނޭޕާލް ކައްކާ އާއި އެހީތެރިއަކަށް އުޅުނު ލަންކާ މީހެއްގެ މެދުގައި ހިނގި މާރާމާރީއެކެވެ.

އެމާރާމާރީގައި ޒަޚަމްވި ބަނގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ. ނޭޕާލް މީހާވެސް ޒަޚަމްވިއެވެ. މިމައްސަލަވެސް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement