
ރަސްފަންނާއި, ސަލްޓަންޕާކްގެ ހާލަތާމެދު ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި
އިހުނަށްވުރެވެސް ރީތިކޮށް, އާރޯކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި
ރަސްފަންނާއި, ސަލްޓަންޕާކްގެ ހާލަތާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވާ, އިހުނަށްވުރެވެސް ރީތިކޮށް, އާރޯކޮށްދެއްވާނެ ކަމުގެ ދެއްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނި ހިތާމަކުރައްވާ ކަމަށާއި, ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށެވެ.
" މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން."
ރަސްފަންނާއި ސަލްޓަން ޕާކަރީ ރައީސް ޔާމީނުގެ ސަރުކާރުގައި, މިހާރުގެ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގެ ދަށުން ރީތިކޮށް ނަލަކުރި ދެތަނެވެ. ނަމަވެސް އެދެތަން ރަނގަޅަށް ނުބެލެހެއްޓި ވަރަށްބޮޑަށް ވަނީ ވީރާނާވެފައެވެ. ޚާއްޞަކޮށް ރަސްފަންނު ވަނީ ވަރަށްބޮޑަށް ވީރާނާވެފައެވެ.
ރިއެކްޝަންސް






