ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި 5 މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި 5 މީހަކަށް އަނިޔާވެއްޖެ

1 hour ago - 11:14
Advertisement
Advertisement

ހުޅުމާލެ، ރުއްގަނޑު 1 ސަރަހައްދުގައި ހިންގަމުންދާ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.


ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހިންގަމުންދާ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އެ ސަރަހައްދުގައި ހުންނަ "މެރިނޭޓް ކެފޭ" ގައެވެ.


މި ހާދިސާގައި ޖުމްލަ 5 މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން 4 މީހަކަށް އަވަސް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.


މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލައި ތަހުގީގު ކުރަމުންނެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފުސީލު ފަހުން ހާމަކުރައްވާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވަނީ މަޢުލޫމާތު ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement