ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކޮށްފި
ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގުގައި ބޭއްވި މި ރަސްމިއްޔާތުގައި އަލަށް ގުޅުނު ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ނިޝާތެވެ.
މި ރަސްމިއްޔާތުގައި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދާއި، ސާވިސް ޑިވެލޮޕްމަންޓް ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޒީމް ވަޙީދުގެ އިތުރުން ފުލުހުންގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޖުމްލަ 133 ފުލުހަކު ވަނީ ޚިދުމަތުގެ ހުވާކޮށްފައެވެ. އޭގެ ތެރޭގައި ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުންނާއި އާންމު ޚިދުމަތުގެ ފުލުހުން ހިމެނެއެވެ. ހުވާކުރުމަށްފަހު އެ ފަރާތްތަކުން ވަނީ ހުވާގެ އިޤްރާރުގައި ސޮއިކޮށްފައެވެ.
ރިއެކްޝަންސް





