މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި

މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި

2 hours ago - 08:10
Advertisement
Advertisement

ސަރުކާރުގެ މައި ގޭސް ކުންފުނި، މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފިއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނިން އަގު ބޮޑުކޮށްފައިވަނީ ކޮމާޝަލް ބޭނުންތަކަށް ބޭނުންކުރާ 45 ކިލޯއާއި 22 ކިލޯގެ ގޭސް ފުޅިތަކަށެވެ. އެގޮތުން، 45 ކިލޯގެ ގޭސް ފުޅިއެއް ރިފިލްކޮށްދޭ އަގު މިހާރު ވަނީ 1,345.50 ރުފިޔާއަށް އުފުލިފައެވެ. އަދި 22 ކިލޯގެ ގޭސް ފުޅިއެއް ރިފިލްކޮށްދޭ އަގު ވަނީ 500 ރުފިޔާއަށް ބޮޑުކޮށްފައެވެ.


މޯލްޑިވް ގޭހުން ވިޔަފާރިތަކާއި ރިސޯޓްތަކަށް ވިއްކާ ގޭހުގެ އަގަށް މި ބަދަލު ގެނައި ނަމަވެސް، އަގު ބޮޑުކުރަން ނިންމި ވަކި ސަބަބެއް އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.


ފާހަގަކޮށްލެވޭ ގޮތުގައި، ދޭތެރެއަކުން ރާއްޖެއަށް ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، މޯލްޑިވް ގޭހުން އާންމު ގޭބިސީތަކަށް ވިއްކާ 10 ކިލޯގެ ގޭސްފުޅި ވިއްކުން މީގެ ކުރިން މަޑުޖައްސާލާފައިވެއެވެ. އެގޮތުން ނިމިދިޔަ މާޗް މަހުގެ ތެރޭގައި 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ފަސް ކިލޯގެ ގޭސްފުޅި ވިއްކާފައިވާއިރު، ފެބްރުއަރީ މަހު ވެސް 10 ކިލޯގެ ފުޅީގެ ބަދަލުގައި ހަތް ކިލޯގެ ގޭސްފުޅި ވިއްކާފައިވެއެވެ.


މި ބަދަލާ ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތަކުގެ ހިންގުމުގެ ހަރަދަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement