ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

2 hours ago - 09:48
Advertisement
Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.


މި މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރުކުރުމަށްފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.


ފުލުހުން ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކުގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ހާދިސާ ހިނގި ރަށާއި އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement
Advertisement


ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގައި ނުހަނު ކަންބޮޑުވުން އޮތް މައްސަލަތަކަކަށް ވާއިރު، މިފަދަ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ގާނޫނީ ގޮތުން ދެވެން އޮންނަ އެންމެ ހަރުކަށި އަދަބު ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement