ޤައުމީ އެއާލައިން މޯލްޑިވިއަނާއި އެކު ދިވެހި ހާޖީން އުފުލުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޤައުމީ އެއާލައިން މޯލްޑިވިއަނާއި އެކު ދިވެހި ހާޖީން އުފުލުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

1 year ago - 16:40
Feb 17, 2025 - 16:59
Advertisement
Advertisement

މި އަހަރުގެ ހައްޖު މޫސުމުގައި ރާއްޖެއިން ދާ ހާޖީންގެ 50 އިންސައްތަ މީހުން މައްކާއަށް އުފުލުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝުން މޯލްޑިވިއަން އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލާއި މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ދިވެހި ހާޖީން ގައުމީ އެއަރލައިނުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދުރުވިސްނި ވަޑައިގެންނެވުމުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

މި އެއްބަސްވުމާއެކު، އަހަރުތަކެއް ފަހުން ދިވެހި ހާޖީންނަށް ޤައުމީ އެއަރލައިނުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ހައްޖު ދަތުރުތަކުގައި ފަސޭހަކަމާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement