
މިއަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އަންހެނުންގެ ތަރައްގީއަށް ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު އިޖުތިމާއީ އަދި އައިލީ ވުޒާރާއިން ދޭ "ރެހެންދި" އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެހެން އަހަރު ތަކެކޭވެސް އެއްފަދައިން، މިއަހަރުވެސް އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން އަމިއްލައަށް ނަން ހުށަހެޅުމުގެ އިތުރުން، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެވޯޑަށް ނަން ހުށަހެޅުމުގެ ފޯމު އެވުޒާރާގެ ވެބްސައިޓުންނާއި، ހުޅުމާލޭގައި ހުންނަ އެވުޒާރާގެ ހެޑް އޮފީހުންނާއި، އަދި އަތޮޅު ތަކުގައި ހުންނަ އެވުޒާރާގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ލިބެންހުންނާނެ ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.
ރިއެކްޝަންސް






