ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން ހޮޅުދޫގައި އިހުތިޖާޖުކުރި ދެ މީހަކު ހައްޔަރުކޮށްފި
ޒަކިއްޔާގެ މަރާއި މެދު ހޮޅުދޫގެ ރައްޔިތުންވަނީ ސުވާލު އުފައްދާފައި / ފޮޓޯ: އެޑިސަން

ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން ހޮޅުދޫގައި އިހުތިޖާޖުކުރި ދެ މީހަކު ހައްޔަރުކޮށްފި

1 year ago - 19:06
Feb 27, 2025 - 19:34
Advertisement
Advertisement

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޒަހަމްތަކާއެކު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން އެރަށުގައި ކުރި އިހުތިޖާޖެއްގައި ބައިވެރިވި ދެ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ބޭއްވުނު އިހުތިޖާޖުގައި ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައިގައެވެ.

ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުން ކުރި ތަހުގީގާމެދު ހިތްހަމަނުޖެހިގެން ހޮޅުދޫގެ ގިނަ ރައްޔިތުން ވަނީ އަޑުއުފުލާފައެވެ. އެ ރައްޔިތުން ބުނަމުންދިޔައީ ފުލުހުންގެ ތަހުގީގުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ.

މި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ މި މަހުގެ 25 ވަނަ ދުވަހު ހޮޅުދޫއަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލުކޮށްފައެވެ. އަދި ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ގޯސްތަކެއް ހުރިކަމަށް މިނިސްޓަރާއި ކޮމިޝަނަރ ވެސް ވަނީ އިއުތިރާފުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement