ސަމާލުވޭ! އާރުޓީއެލް އެލް ގެނަމުގައި ސްކޭމެއް ހިންގަމުން އެބަދޭ: އެމްޓީސީސީ
އާރުޓީއެލް ފެރީ / ފޮޓޯ:އެމްޓީސީސީ

ސަމާލުވޭ! އާރުޓީއެލް އެލް ގެނަމުގައި ސްކޭމެއް ހިންގަމުން އެބަދޭ: އެމްޓީސީސީ

1 year ago - 16:56
Advertisement
Advertisement

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ނަމުގައި ސޯޝަލް މީޑިއާގައި ސްކޭމެއް ހިންގަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން އާރްޓީއެލް މެދުވެރިކޮށް ތިން މަސް ވަންދެން ހިލޭ ދަތުރުކުރެވޭނެ "ސްމާޓް ކާޑެއް" ވިއްކަމުންދާ ކަމަށެވެ.

އެމްޓީސީސީން ވަނީ މި ސްކޭމަށް ސަމާލުވުމަށާއި، އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކުތަކަށް ސަމާލުވެ، އެފަދަ ފަރާތްތަކާއެކު ފައިސާގެ މުއާމަލާތެއް ނުކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖްގެ މައުލޫމާތު ރިޕޯޓުކުރުމަށްވެސް އެމްޓީސީސީން ވަނީ އާންމުންނަށް ގޮވާލާފައެވެ.

އެމްޓިސީސީން މިފަދައިން އިލްތިމާސްކޮށްފައިވާ އިރު ދޭތެރެދޭތެރެއިން މިފަދަ ސްކޭމްތައް ހިންގާތީ ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުންވެސް އަންނަނީ އާއްމުންގެ ސަމާލުކަމަށް އެދެމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement