އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން ރިޓަޔަރ ކުރައްވައިފި
ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވި އަހުމަދު މުއުތަސިމް އަދުނާން

އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން ރިޓަޔަރ ކުރައްވައިފި

9 months ago - 13:35
Jul 21, 2025 - 13:35
Advertisement
Advertisement

 

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙުމަދު މުއުތަސިމް އަދުނާން މިއަދު ރިޓަޔަރ ކުރައްވައިފިއެވެ. އެމަނިކުފާނު ރިޓަޔަރ ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސްޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ ޚިދުމަތަށް ޝުކުރުވެސް އަދާކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރައްވާފައި މިވަނީ ކުރިން އެފަދަ އިޝާރާތެއްވެސް ދެއްވުމަށްފަހުއެވެ. ރިޓަޔަރ ކުރެއްވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުގައިވެސް 9 އަހަރު ހޭދަކުރައްވާފައެވެ. ރިޓަޔަރ ކުރައްވަން ހުށަހެޅުއްވީ މިއަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހުއެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރައްވަން ހުށަހެޅުއްވީ އެކޯޓްގެ އެހެން ތިން ފަނޑިޔާރުންގެ ސްކޫލީ މައްސަލައެއް ބެލުމުގެ މަރުހަލާ ކުރިއަށް ދަނިކޮށެވެ. އެތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު އިސްތިއުފާދެއްވާ, ދެ ފަނޑިޔާރުން މަގާމުން ވަކިކުރިއެވެ.

މުއުތަސިމް ރިޓަޔަރ ކުރެއްވުމުން ސްޕްރީމް ކޯޓް ހިންގެވުން ވަގުތީގޮތުން ހަވާލުކުރައްވާފައިވަނީ ފަނޑިޔާރު ޢަބްދުالله ސައީދު އާއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement