ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ދޫކުރަން އޭ.ސީ.ސީން ހުއްދަ ދީފި
ފޮޓޯ: ސޯޝަލް މީޑިއާ

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ދޫކުރަން އޭ.ސީ.ސީން ހުއްދަ ދީފި

އޭ.ސީ.ސީން ވަނީ 4000 ފްލެޓް ދޫކުރުމުގެ އަމަލު ކުރާނެ 5 ކަމެއް ހައުސިން މިނިސްޓްރީ އަށް އަންގަވާފަ.

6 months ago - 02:55
Feb 2, 2024 - 03:00

ޝަކުވާ ބޮޑުވެ އެންޓި ކޮރަޕްޝަން ކޮމިޝަން އޭ.ސީ.ސީން ހުއްޓުވާފައިވާ ހަތަރުހާސް ފްލެޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ އެކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ދީފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތަކާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު އެ ފްލެޓުތައް ދޫކުރުމުގައި އަމަލު ކުރަންވީ ގޮތް ހައުސިން މިނިސްޓްރީއަށް އަންގާފައެވެ.

އޭ.ސީ.ސީން ވަނީ ފްލެޓް ދޫކުރުމުގައި އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނަ ގޮތަށް މައްސަލަ ހުރި ފޯމުތައް މުރާޖައާ ކުރުމުގައި އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށް ހައުން މިނިސްޓްރީއަށް އަންގަވާފައެވެ.

އޭ.ސީ.ސީން ވަނީ 4000 ފްލެޓް ދޫކުރުމުގެ އަމަލު ކުރާނެ 5 ކަމެއް ހައުސިން މިނިސްޓްރީ އަށް އަންގަވާފައެވެ.

އެހެން ނަމަވެސް އޭގެ ތަފްސީލެއް އޭ.ސީ.ސީންނާއި ހައުސިން މިނިސްޓްރީންވެސް އަދި ހާމައެއް ނުކުރައްވައެވެ.

ކުރީގެ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަންނާ ހަވާލު ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހަތަރުހާސް ފްލެޓް ހައްގުވާ ފަރާތްތައް ކަނޑައަޅެމުގައި ޕޮއިންޓް ދީފައިވާ ގޮތާމެދު އާންމުންގެ ޝަކުވާ ބޮޑުވުމުން އެ ފްލެޓުތައް ދޫކުރުމުގެ މަސައްކަތް އޭ.ސީ.ސީން ހުއްޓުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ފަނަރަ ވަނަ ދުވަހުއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިދިޔަ ޖަނަވަރީ މަހު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އޭ.ސީ.ސީން ބަލަމުން ގެންދާ މައްސަލަ ނިމޭތާ ތިން ދުވަސްތެރޭ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13000 މީހުން އެބަ ތިއްބެވެ.

އެހެން ނަމަވެސް އޭގެ ތެރެއިން އެންމެ ފުރަތަމަ ދޫކުރުމަށް ނިންމާފައިވަނީ 4000 ފްލެޓެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow