ސްވިމިން ޓްރެކް ސަރަޙައްދުގައި ހުރި ޕެޓްރޯލް ޝެޑް ބަންދުކޮށްލަނީ

ސްވިމިން ޓްރެކް ސަރަޙައްދުގައި ހުރި ޕެޓްރޯލް ޝެޑް ބަންދުކޮށްލަނީ

ސްވިމިން ޓްރެކް ސަރަޙާއްދުގައި ހުރި ޕެޓްރޯލް ޝެޑް ބަންދުކޮށް އެދިމާ މޫދުން ބައެއް ހިއްކުމަށްފަހު އާ ފިއުލްޕަމްޕު ސްޓޭޝަނެއް ގާއިމުކުރުމަށް 7.1 މިލިއަން ރުފިޔާ އަށް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފި

6 months ago - 14:24
Jan 17, 2024 - 14:55

ސްވިމިން ޓްރެކް ސަރަހައްދުގައިހުރި ފިއުލް ޕަމްޕު ސްޓޭޝަން އެތަނުން ނަގައި، އެދިމާ ފަޅުން ބައެއް ހިއްކުމަށްފަހު އައު ފިއުލްޕަމްޕު ސްޓޭޝަނެއް ގާއިމުކުރުމަށް 7.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވެއްޖެއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ.

ބޮޑުތަކުރުފާނުމަގުގައި މަގުމައްޗަށް ބައެއް ވާގޮތަށް ބަހައްޓާފައިވާ ސްޓެލްކޯގެ ފިއުލް ޕަމްޕު ސްޓޭޝަން އެތަނުން ނަގައި، އެދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އައު ފިއުލްޕަމްޕު ސްޓޭޝަނެއް ގާއިމް ކުރުމަށްޓަކައި ސްޓެލްކޯއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯގެ އެމްޑީ ވިދާޅުވި މި މަސައްކަތް ކުރާނީ މިހާރު ދެމުންދާ ހިދުމަތަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތަށް ދުރައިލާ ޕްލޭންތަކެއް ރާވައިގެންކަމަށެވެ.

މި ޕަމްޕް ސްޓޭޝަނަކީ ސްޓެލްކޯގެ މާލޭ އިންޖީނުގޭގެ އިންޖީނުތަކަށް ތެޔޮ އަޅަން ބޭނުން ކުރާ ސްޓޭޝަނެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow