މާލެ ސަރަހައްދުގެ ބިން ހިއްކުން ހަލުވި ކުރަން އޮކްޓޯބަރު މަހު މަސައްކަތްތަކެއް ކުރަނީ
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ: ފޮޓޯ-އެޗްޑީސީ

މާލެ ސަރަހައްދުގެ ބިން ހިއްކުން ހަލުވި ކުރަން އޮކްޓޯބަރު މަހު މަސައްކަތްތަކެއް ކުރަނީ

8 months ago - 08:35
Aug 23, 2025 - 08:35
Advertisement
Advertisement

މާލެ ސަރަހައްދުގެ ބިން ހިއްކުން ހަލުވި ކުރަން އޮކްޓޯބަރު މަހު މަސައްކަތްތަކެއް ކުރަން ހައުސިންގ ޑިވެލޮޕްމަންޔް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމަށް އޮކްޓޯބަރު މަހު 45000 ޓަނުގެ ދެ ހޮޕަރ ޑްރެޖަރ އާއި 11000 ޓަނުގެ ހޮޕަރ ޑްރެޖަރެއް ބޭނުންކުރަން ފަށާނެ ކަމަށެވެ. މަސައްކަޔް ހުއްޓުމެއް ނެތި ވީހާވެސް ހަލުވި ކަމާއެކު ކުރިއަށް ގެންދިއުމަށް, މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވާނެ އިތުރު ގޮންޖެހުންތައް ކުރިއާލާ ދެނެގަންނާނެ ކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ. ކަންކަން ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާނެ ކަމަށް އެޗްޑިސީން ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ހިއްކާ ބިންތަކުގެ ތެރެއިން މަސައްކަތް ހަލުވި ކުރަން މަސައްކަތް ކުރަނީ ހުޅުމާލެ ފޭސް 3, ގުޅީފަޅު, ގިރާވަރުފަޅު އަދި އުތުރުތިލަފަޅެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދެވެ. އެކަން އެޗްޑީސީން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement