މޯދި އާއި އިންޑިއާއަށް އިހްތިރާމް ކުޑަކުރުމުން އާންމުން ރަތަށް

މޯދި އާއި އިންޑިއާއަށް އިހްތިރާމް ކުޑަކުރުމުން އާންމުން ރަތަށް

މޯދި އާއި އިންޑިއާއަށް އިހްތިރާމް ކުޑަކުރި މަސްސަލަ ސިޔާސި ގިނަބަޔަކު ކުށްވެރި ކޮށްފި

9 months ago - 19:41
Jan 9, 2024 - 00:19

މޯދި އާއި އިންޑިއާއަށް އިހްތިރާމް ކުޑަކުރި މަސްސަލަ ސިޔާސި ގިނަބަޔަކު ކުއްވެރި ކޮއްފި އެވެ.

ސަރުކާރުގެ އިސްމަގާމުގައި އުޅުއްވާ 3 ޑެޕިއުޓީ މިނިސްޓަރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ އެކަން ކުއްވެރި ކުރައްވާ ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އިންޑިއާއަކީ ރާއްޖޭގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި އެގައުމާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމުގައެވެ.

ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމުން ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން މޯދީ އަށާއި އިންޑިއާއަށް ކުޑައިމީސްކޮށް މީސް މީޑިއާގައި އިންޑިއާއާ ދެކޮޅު ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވާތީއެވެ. 

އަދި މިހާރުގެ ފޮރިން މިނިސްޓްރު ވެސް ވަނީ އެ އަމަލު ކުއްވެރި ކުރައްވާ، އެބޭފުޅުންނާ މެދު ފިޔަވަޅު އަޅާނެކަމަށް ވިދާޅު ވެފައެވެ

"އެފަދަ ދަށުދަރަޖައިގެ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފަސްނުޖެހޭނެ," ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ބަޔާނުގައިވޭއެވެ.

މީގެ އެިތުރުންވެސް ފާރިސް މައުމޫން ، އަބްދުﷲ ޝާހިދު،އިބްރާޙިމް ޝަރީފް،  ކުރީގެ ނައިބުރައީސް އަހުމަދު އަދީބް  ފަދަ ގިނަ ބޭފުޅުން ތަކެއްވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާ އެބޭފުޅުން މަގަމުން ދުރުކުރުމަށް ގޮވައިލާފައެވެ.

އަދި މި އަމަލާ ގުޅިގެން ސަރުކާރުން ވަނީ ،އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ ސަސްޕެންޑުކޮއްފައެވެ.

 އަދި މި އަމަލާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު އެކަން ކުށްވެރިކޮށް ސަރުކާރުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި "މި ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް, އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް," އިނގިރޭސި ބަހުން ސަރުކާރުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ. 

އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ނެގެޓިވްކަން ނުފެތުރުމާއި، ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަށްވެސް އެ ބަޔާނުގައި  ބުނެފައިވެ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow