2026 ވަނަ އަހަރުގެ ޖަނަވަރީގަ ދިރާސީއަހަރު ފަށާގޮތަށް ނިންމައިފި

2026 ވަނަ އަހަރުގެ ޖަނަވަރީގަ ދިރާސީއަހަރު ފަށާގޮތަށް ނިންމައިފި

2026 ވަނަ އަހަރުގެ ޖަނަވަރީގައި ދިރާސީއަހަރު ފަށާގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި ކެބިނެޓްް ބައްދަލުވުމުގައި

8 months ago - 22:07
Jan 9, 2024 - 00:31
Advertisement

2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ތައުލީމީ އަހަރު ފަށާގޮތައް ނިންމަާފި ވަނީ މިއަދު ބޭއްވި ކެބިނެޓްް ބައްދަލުވުމުގައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ފަށާ ގޮތަށް ހަމަޖައްސައި އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ ތާރީޚު ކުރިން އޮތް ގޮތަށް ބަދަލު ކުރާނީ ކުރިއަށް އޮތް 2 އަހަރުގެ ދިރާސީ ކަލަންޑަރަށް ބަދަލު ގެނެސްގެން ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޡިމް ވިދާޅުވެއްޖެއެވެ.

ނާޡިމް ވިދާޅުވީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ދިރާސީ އައު އަހަރު ފެށޭ ދުވަސް ބަދަލުކުރަން ނިންމާ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބިގެންދާނެ ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގައި ކަމަށް ނާޡިމް ވިދާޅުވިއެވެ.

Advertisement

ނާޡިމް މިހެން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ނިންމެވި ނިންމެވުންތަކާ ގުޅޭ މަޢުލޫމާތު މިރޭ ނޫސްވެރިންނާ ހިއްސާކުރައްވަމުންނެވެ.

ދިރާސީ އަހަރު ފަށާ ތާރީހު ފަށާ ތާރީހަށް ބަދަލު ގެންނަން ނިންމީ, އެކަމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާއެކު ވަރަށް ތަފްސީލީ ގޮތެއްގައި މަޝްވަރާ ކުރުމަށްފަހު ކަން ނާޤިމް ފާހަގަކުރެއްވި އެވެ.

ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކޮށްފައިވަނީ، 2021 ވަނަ އަހަރެވެ. ކޯވިޑްގެ ޙާލަތުގައި އަހަރަކާއި ހަ މަހަށް، 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދިގު ދަންމާލުމަށްފަހުގައި، 2021 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށީ، އެ އަހަރު އޮގަސްޓް 10ވަނަ ދުވަހުއެވެ.

ޖެނުއަރީގައި ދިރާސީ އާ އަހަރު ފަށާގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement