އެމް.ޑީ.ޕީ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ޝައުޤުވެރިކަންފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފި
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމް.ޑީ.ޕީ ޓިކެޓުގައި ވާދަކުރަން ޝައުޤުވެރިވާފަރާތްތަކަށް، ޝައުޤުވެރިކަންފާޅުކުރުމުގެ މުއްދަތު އިތުރު ކޮށްފި
އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމް.ޑީ.ޕީ ޓިކެޓުގައި ވާދަކުރަން ޝައުޤުވެރިވާފަރާތްތަކަށް، ޝައުޤުވެރިކަންފާޅުކުރުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.
އެޕާޓީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މި ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު ހަވީރު 4:00 ގެ ނިޔަލަށް ކަމަށެވެ.
މި މަހުގެ 16 ވަނަ ދުވަހު އެމް.ޑީ.ޕީން ވަނީ އެޕާޓީގެ ޓިކެޓުގައި މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރުމުގެ މުއްދަތު ހަމަވާ ގޮތަށް ކުރިން އޮތީ މި ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެހެން ނަމަވެސް މި މުއްދަތު އިތުރު ކޮށްފައިވާ ސަބަބެއް އެޕާޓީން ހާމަކުރައްވާފައެއް ނުވެއެވެ.
ރިއެކްޝަންސް