ލީކުވި އިޒްރާއިލްގެ އިންޓެލިޖެންސް ރިޕޯޓް ބުނާގޮތުން ޣައްޒާގައި މަރާލި %83 މީހުންނަކީ އާންމުން
އިޒްރާއިލްއިން ޝަހީދުކޮށްލާފައިވާ ޣައްޒާގެ ރައްޔިތުންގެ ޖަނާޒާއެއް ކުރިއަށް ދަނީ. ފޮޓޯ: އެކްސް

ލީކުވި އިޒްރާއިލްގެ އިންޓެލިޖެންސް ރިޕޯޓް ބުނާގޮތުން ޣައްޒާގައި މަރާލި %83 މީހުންނަކީ އާންމުން

މިއީ ފަހުގެ ތާރީހެއްގައި ހަމަނުޖެހުންތަކުގައި އާންމުންގެ މިހާ ގިނަ ބަޔަކު މަރާލި ފަހަރު

5 hours ago - 19:27
Aug 22, 2025 - 19:44

އިޒްރާއިލްގެ އަސްކަރިއްޔާގެ ޑޭޓާބޭސްއިން އެކުކަވާލާފައިވާ އިންޓެލިޖެންސް ރިޕޯޓެއް ލީކުވެފައިވާއިރު ޔަހޫދީ ސިފައިން ޣައްޒާގައި މެރި މީހުންގެ 83 އިންސައްތައަކީ އާންމުންކަން ހާމެއްޖެއެވެ. ރިޕޯޓާ ގުޅިގެން ދި ގާޑިއަން އާއި 972+ މެގަޒިން އަދި ލޯކަލް ކޯލް އިން ވަނީ ތަހްޤީގެއް ކޮށްފައެވެ.

އެ ތަޙްޤީގަށް ހާމަވެފައިވާ އަދަދުތައް އިއްޔެ އާންމުކޮށްފައިވާއިރު އިޒްރާއިލްއިން މަރާލި ފަލަޞްޠީނުގެ މުޖާހިދުންގެ ޖަމާއަތްތައް ކަމަށްވާ ހަމާސް އާއި އިސްލާމިކް ޖިހާދަށް ނިސްބަތްވާ ފަރާތްތަކުގެ ޖުމްލައަކީ 8,900 އެވެ. މިއީ ސިދާ އިޒްރާއިލްގެ އަސްކަރިއްޔާގެ އިންޓެލިޖެންސުން ހާމަވެފައިވާ އަދަދެވެ. އަދަދުތައް ހިމަނާފައިވަނީ ފާއިތުވި މެއި މަހުގެ ނިޔަލަށެވެ.

އެމުއްދަތުގެ ޣައްޒާގެ ހެލްތު މިނިސްޓްރީން ރެކޯޑްކޮށްފައިވާ މަރުގެ އަދަދަކީ 53,000 ހެވެ. މާނައަކީ ހަމަލާތަކުގައި ދުނިޔެދޫކުރިމުޖާހިދުންގެ އިންސައްތައަކީ 17 ކަމެވެ. އަދި ބާކީ 83 އިންސައްތައަކީ އާންމުންކަމެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނި ގޮތުގައި މި ރޭޝިއޯއަކީ ފަހު ތާރީހެއްގައި ހިންގި ހަމަނުޖެހުމެއް/ހަނގުރާމައެއްގައި އެންމެ ގިނަ އާންމުން މަރާލި ފަހަރު ކަމުގައެވެެ. 

Advertisement
Advertisement

މިހާ ގިނަ އަދަދެއްގެ އާންމުން މަރާފައި ވުމާއި ގަސްތުގައި ޣަައްޒާ ބަނޑަށް ޖައްސާފައިވާ ވުމަށް އިޝާރާތްކޮށް  އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ގްރޫޕްތަކާއި ޤަތުލްއާންމުގެ މުފައްކިރުން ދެކެވަޑައިގަންނަވާގޮތުގައި މި ޑޭޓާ ތަކަކީ އިޒްރާއިލްއިން ޣައްޒާގައި ޤައުލްއާންމެއް ހިންގަމުންދާކަމުގެ ފުރިހަމަ ހެއްކެކެވެ. 

މި ރިޕޯޓް ލީކުވުމާ ގުޅިގެން އެ ރިޕޯޓް ތަޙްޤީގް ކުރި ފަރާތްތަކުން އިޒްރާއިލްގައި ކޮމެންޓަކަށް އެދުމުން އެފަދަ ރިޕޯޓެއް ނޯންނާނެކަމަށް އިޒްރާއިލް އިން ބުނެފައެއް ނުވެއެވެ. އަދި އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ އެ އަދަދު މުޅިން ރަނގަޅު ނޫންކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ތަފްޞީލް ދީފައި ނުވާކަމަށް އެނުސްތަކުން ބުނެފައި ވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow