ފްލޮޓީލާ ތޫނިސް އިން ފުރާނީ މިމަހު 7 ގައި, މަންޑޭލާގެ ކާފަ ދަރިކަލުންވެސް ޣައްޒާއަށް!
މަންޑޭޅާގެ ކާފަ ދަރިކަލުން މަންޑަލް މަންޑޭލާ އަދި ބޯޓްިތައް ބާސެލޯނާއިން ފުރައިގެންދާ މަންޒަރު

ފްލޮޓީލާ ތޫނިސް އިން ފުރާނީ މިމަހު 7 ގައި, މަންޑޭލާގެ ކާފަ ދަރިކަލުންވެސް ޣައްޒާއަށް!

ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަނީ އެފްރިކަން އެޕާތައިޑްއަށް ވުރެ ވޭންދެނިވި ކަމެއް ކަމަށް ވިދާޅުވި

5 hours ago - 16:50
Sep 5, 2025 - 16:58

އިޒްރާއިލްއިން 18ވަންދެން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އިންސާނީ އެހީގެ ދޮރުތައް ޣައްޒާއަށް ހުޅުވުމަށް މިމަހު 31 ގައި ބާސެލޯނާއިން ފުރި ބޯޓްތައް ތޫނިސްއަށް ގޮސް ތޫނިސްއިން ފުރުމަށް މިހާރު ހަމަޖެހިފައިވަނީ މިމަހު 7 ވަނަ ދުވަހުއެވެ. 

މެޑިޓޭރެނިއަން ކަނޑުގެ މޫސުން ގޯސްވެ އެކުގައި ދަތުރުކުރި ބައެއް ކުދި ބޯޓްތައް އަނބުރާ މަރާމާތަށް ބަނދަރުކޮށްފައިވީ ނަމަވެސް 20 ބޯޓެއް މިހާރުވެސް ދަނީ ތޫނިސްއަށް ދަތުރުކުރަމުންނެވެ. އަދި އިޓަލީ އާއި ލީބިޔާ އަދި އެހެން ބައެއްސަރަހައްދުތަކުންވެސް ޣައްޒާގެ ހިމާޔަތުގައި ތޫނިސްއަށް ބިޔަ ކަނޑުގެ ލަޝްކަރާ ގުޅުމަށް ވަނީ ދަތުރުކުރަމުންނެވެ.

ބާސެލޯނާއިން ދަތުރުކުރާ ބައިވެރިންގެ ތެރޭގައި މީގެކުރިންވެސް ޣައްޒާގެ ހިޞާރު ނައްތާލުމަށް ދަތުރުކޮށް އިޒްރާއިލްއިން ވަގަށްނަގާ އެތައް އަނިޔާއެއް ދިން ބައިވެރިން ދަތުރުކުރަމުން އެބަ ދެއެވެ. ދަތުރުގެ އަދާހަމަތައް މީސްމީޑިއާގައި އެފަރާތްތަކުން ދަނީ ހިއްސާކުރަމުންނެެވެ.

ތޫނިސްގައި މިވަގުތު ދުނިޔޭގެ އެކިކަންކޮޅުތަކުން މި ކަނޑުގެ ލަޝްކަރާ ގުޅުމަށް އިންސާނީ ހައްޤުތަކުގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތައް ކެތްމަދުވެފައި އެބަތިިިއްބެވެ. އޭގެ ތެރޭގައި 10 ބައިވެރިންނާއި އެކު އިއްޔެ ތޫނިސްއަށް ދިޔަ ދެކުނުއެފްރިކާގެ އިންސާނީ ހައްޤުތަކުގެ ޗެމްޕިއަން އަދި އެގައުމުގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ކާފަ ދަރިކަލުން މަންޑްލާ މަންޑޭލާވެސް ހިމެނެއެވެ.

Advertisement
Advertisement

އިންސާނީ ހައްޤުތަކުގެ ދިފާއުގައި އާއިލީ 'ލެގަސީ' ދިރުވަން ކާފަ ދަރިކަލުން މިފަހަރު އެނިކުތީ ކާފަ ފަދައިން ފުރާނަ އަތްމައްޗަށް ލައިގެންނެވެ. 

"އަހަރެމެންގެ ތެރެއިން ފަލަޞްޠީނަށް ދަތުރުކުރި އެތައްބަޔަކު އެނބުރި އައިސް ބުނި ފަލަޞްޠިނުގެ ރައްޔިތުން އެ ތަހައްމަލް ކުރާ ވޭނަކީ އަހަރެމެން (ދެކުނު އެފްރިކާ މީހުން) އޭރުގެ އޮތް ނަސްލީތަފާތުކުމުގައި ހޭދަކުރި ހިތްދަތިކަމަށްވުރެ މާ ބޮޑު ވޭނެކޭ. އަހަރެމެން އެމީހުން  އެހާލަތުން ސަލާމަތްކުރުމަށް މި ދަތުރު ކުރުން މަޖުބޫރު. މި ނޫންގޮތެއް ނެތް މިހާރު" ރިޕޯޓަރުންނަށް މަންޑްލާ ބުނެފައި ވެއެވެެ. 

44 ގައުމަކުން ބައިވެރިން ޣައްޒާގެ ހިޞާރު ނައްތާލުމަށް ދަތުރުކުރާ މި ލަޝްލަރުގައި 50 ހެއްހާ ބޯޓް އެކީ ތޫނިސްއިން ފުރަައިގެން ދެން ސީދާ ދަތުރުކުރާނީ ޣައްޒާއަށް ބަނދަރުކުރުމަށެވެ.

މަންޑޭލާގެ ފަހުރުވެރި ޤައުމު ދެކުނު އެފްރިކާއަކީ ފެށުނީއްސުރެ އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމު ފާޅުގައި ކުށްވެރިކުރަމުން އަންނަ ޤައުމެކެވެ. ނޮވެމްބަރު 2023 ގައި ދެކުނު އެފްރިކާއިން ވަނީ ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުގައި އިޒްރާއިލްއާ ދެކޮޅަށް ޤަތުލްއާންމުގެ ދައުވާ އުފުލާފައެވެ. އެގައުމުގެ ވަގުތާއި ރިސޯސަސް ބޭނުންކޮށްގެން ދެކުނު އެފްރިކާއިން ދަނީ ދުނިޔޭގެ ކޯޓުގައި އިޒްރާއިލްގެ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. ހުދު, މަންޑްލާ އަކީ ކޮންމެ ކޯޓު އަޑުއެހުމަކަށް ދެކުނު އެފްރިކާއިން ވަޑައިގަންނަވާ މަންދޫބެކެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow