ޑަބްލިޔުޑީސީގެ ބަޖެޓް ބޮޑުކޮށް, ރަމަޟާން މަހުގެ އިނާޔަތް ކައުންސިލް ބަޖެޓުން ދެނީ
ރައީސް މުއިއްޒު ކުމުންދޫއަށް ވަޑައިގަތުމުން އެރަށު އަންހެނުން މަރުހަބާ ދަންނަވަނީ: ފޮޓޯ-ރައީސް އޮފީސް

ޑަބްލިޔުޑީސީގެ ބަޖެޓް ބޮޑުކޮށް, ރަމަޟާން މަހުގެ އިނާޔަތް ކައުންސިލް ބަޖެޓުން ދެނީ

3 hours ago - 22:57
Sep 5, 2025 - 22:57
Advertisement
Advertisement

ޑަބްލިޔުޑީސީގެ ބަޖެޓް ބޮޑުކޮށް, ރަމަޟާން މަހުގެ އިނާޔަތް ކައުންސިލް ބަޖެޓުން ދޭން ނިންމައިފިއެވެ.

މިނިންމެވުން އިއުލާނުކުރެއްވީ މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5% (ފަސް އިންސައްތަ) ދެގުނަ ބޮޑުކޮށް، %10 (ދިހަ އިންސައްތަ) އަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށެވެ.

މީގެއިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސެވުމަށް ނިންމެވިކަންވެސް އެމަނިކުފާނު އިއުލާނުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ މިބަދަލު ގެންނަވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި ކަމަށެވެ. އަދި އަންނަ 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން މިބަދަލުތައް ގެންނަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

Advertisement
Advertisement

މީގެއިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމަކަށް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށާއި, އެއިސްލާހު ގާނޫނަށް ގެންނަވާނެކަން ކުރިން ރައީސް ވަނީ އިއުލާނުކުރައްވާފައެވެ. އަދި ކޮމިޓީގެ މެމްބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވީވެސް މިސަރުކާރުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement