ގޭންގް ކުށްތަކުގެ އާ ޤާނޫނުގެ ދަށުން ހައްޔަރުކުރި މީހުންގެ ފޮޓޯއާއި ވަނަވަރު ޢާއްމުކޮށްފި
ގޭންގް ކުށްތައް ހުއްޓުވުމުގެ އްާ ގާނޫނުގެ ދަށުން ހައްޔަރުކުރި މީހުން: ފޮޓޯ-ފުލުހުން

ގޭންގް ކުށްތަކުގެ އާ ޤާނޫނުގެ ދަށުން ހައްޔަރުކުރި މީހުންގެ ފޮޓޯއާއި ވަނަވަރު ޢާއްމުކޮށްފި

4 hours ago - 09:53
Sep 6, 2025 - 09:53
Advertisement
Advertisement

ގޭންގް ކުށްތަކުގެ އާ ޤާނޫނުގެ ދަށުން ހައްޔަރުކުރި މީހުންގެ ފޮޓޯއާއި ވަނަވަރު ޢާއްމުކޮށްފިއެވެ. އެޤާނޫނުގެ ދަށުން ފުލުހުން ހައްޔަރުކުރީ މއ. މޯނިންގވިޔު، އަޙްމަދު ނަވާޒު (30އ) އާއި މއ. މޯނިންގވިޔު، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުޙައްމަދު ޝިދާދު (22އ) އެވެ.

އެމީހުން ހައްޔަރުކުރީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުން ހައްޔަރުކުރީ ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކުރުމަށްފަހު މިދިޔަ ބުދަ ދުވަހު އެވެ.

ކޯޓުން ވަނީ އަޙްމަދު ނަވާޒު 30 ދުވަހަށް، އިބްރާހީމް ޒައިދާން އާއި މުޙައްމަދު ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންކަން ފުލުހުން ޔަގީންކޮށްދިނެވެ.

ފުލުހުންގެ ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement